Tuesday, October 13
ސެން މަރީނޯގެ ފައުންޑޭޝަން ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ސެން މަރީނޯގެ ފައުންޑޭޝަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ލޫކާ ބެކާރީ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

‏‎މިނިސްޓަރ ގެ މެސެޖްގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި،  ސެން މަރީނޯގެ ސަރުކާރަށާއި ރައްޔިތުންނަށް، ސެން މަރީނޯގެ ފައުންޑޭޝަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައްފޮނުއްވިއެވެ.

އަދި ރާއްޖެއާއި ސެން މަރީނޯ އާ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.

‏‎

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު