އާދިއްތަ, November 15
ފަޔަރ ޓްރަކް ލިބުމާއެކު ފުވައްމުލަކު އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފި

ފުވައްމުލަކު އެއާޕޯޓު އަލުން ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

ފުވައްމުލަކު އެއާޕޯޓުގެ އަލިފާން ނިއްވާ ލޮރީގެ ހޮޅި ފަޅައިގެން ގޮސް، ލޮރީ ބޭނުން ނުކުރެވޭ ހާލަތަށް އައުމާ ގުޅިގެން އިއްޔެ ވަނީ އެއާޕޯޓު ބަންދުކޮށް އޮޕަރޭޝަންތައް ހުއްޓާލައިފައެވެ. މިކަމުގެ ސަބަބުން އިއްޔެ ފުވައްމުލަކަށް ތާވަލުކޮށްފައި ހުރި ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތަކަށް ވަނީ ބުރޫ އަރައިފައެވެ.

ނަމަވެސް، އައްޑޫ ސިޓީން ގެންދިޔަ ފަޔަރ ޓްރަކް މިހާރު ފުވައްމުލަކު އެއާޕޯޓަށް ލިބިފައިވާއިރު، އެއާޕޯޓުގެ ޚިދުމަތްތައް ވަނީ މިހާރު އަލުން އިއާދަކޮށް، އާންމު ހާލަތަށް ގެނެސްފައެވެ.

ފުވައްމުލަކު އެއާޕޯޓަށް ދަތުރުކުރާ ހަމައެކަނި އެއާލައިނަކީ މޯލްޑިވިއަން ކަމަށްވާއިރު، މިއަދުން ފެށިގެން އެ އެއާލައިންގެ ދަތުރުތައްވެސް ވަނީ އެ އެއާޕޯޓަށް އަލުން ފަށައިފައެވެ. އަދި އެއާޕޯޓު ބަންދުވުމުގެ ސަބަބުން އިއްޔެ ދަތުރުނުކުރެވުނު ފަސިންޖަރުން، އާރުޓީއެލް ފެރީ މެދުވެރިކޮށް އައްޑޫއަށް ގެންގޮސް، ގަން އިންޓަރނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް އިއްޔެ ވަނީ ފުރުމުގެ އިންތިޒާމު ހަމަޖައްސައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު