އާދިއްތަ, November 15
ތިނަދޫ ކުނިގޮނޑުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު ހަވީރު

ތިނަދޫ ސިޓީ ކުނިގޮނޑުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 4:50 ގައި ކަމަށާއި، މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ތިނަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މިގޮތުން ތިނަދޫ ސިޓީ ކުނިގޮނޑުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނާއި ކާޑެއްދޫ ޕޯސްޓުގެ ސިފައިން ހަރަކާތްތެރިވެ މިއަދު 17:25 ހާއިރު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

ސިފައިން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތުގައި ވެމްކޯގެ ފަރާތުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު