ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންގެ މަޤާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައެޅުމާއި، މަޤާމަށް މީހުން ހޯދުމާއި ވަކިކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަވާލައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ނެރުނު ސާކިއުލާގައި ބުނެފައިވާ ގޮތުން މި އުސޫލު ފާސްކޮށްފައިވަނީ އޮގަސްޓު 27 ވަނަ ދުވަހު ބޭއްވި އެ ބޯޑުގެ މި އަހަރުގެ 23 ވަނަ ޖަލްސާގައެވެ.
ޕީސީބީން ބުނީ މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުންފުނި ސެކްރެޓަރީންނަކީ ކަމަށް އެކަށޭނެ ޤާބިލު ބަޔަކަށް ހެދުމަށާއި، މަޤާމުގެ މަސްއޫލިއްޔަތުތަކުން އެއްހަމަކުރުމަށާއި، އެ މަޤާމަށް މީހުން ނެގުމާއި ވަކިކުވުމާއި ވަކިވާނެ އުސޫލުތައް އެއް އުސޫލަކުން ބަޔާންކުރުމަށާއި، އެކަންކަން ދެފުށް ފެންނަ ގޮތަކަށް ބޭއްވުމަށް އަދި ކުންފުނީގެ ސެކްރެޓަރީންގެ މަސައްކަތާއި ކުންފުނީގެ ބޯޑުގެ ހިންގުން އިތުރަށް ހަރުދަނާކޮށް އެ މަޤާމަށް ދޭންޖެހޭ ހައިބަތާއި ގަދަރު ލިބުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށެވެ.
ކުންފުނީގެ ސެކްރެޓަރީގެ މަޤާމުގެ ތަޢުލީމާއި ތަޖުރިބާގެ ޝަރުތުތަކާއި މަޤާމުގެ ޒިންމާތަކާއި، ކުންފުނީގެ ސެކްރެޓަރީން ޢައްޔަންކޮށް ވަކިކުރެވޭނެ އިޖުރާއަތުތައް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން