Tuesday, October 13
ވިއެޓްނާމްގެ ގައުމީ ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރުފޮނުއްވައިފި

ވިއެޓްނާމްގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު ބުއި ތަންހް ސަންއަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރގެ މެސެޖު ގައި ވިއެޓްނާމްގެ ގައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ވިއެޓްނާމް ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ވިއެޓްނާމްއާ ދެމެދު އޮންނަ އެކުވެރި ގުޅުމަކީ ދިވެހިރާއްޖެއިން އަގުވަޒަންކުރާ ގާތްގުޅުމެއްކަމަށާއި އަދި މި ގުޅުން، ދެ ޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އިތުރަށް ބަދަހިވެގެންދާނޭކަމުގެ ޔަޤީންކަން އެބައޮތް ކަމަށް މިނިސްޓަރގެ މެސެޖްގައި ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު