އާދިއްތަ, November 15
ފުވައްމުލަކު އެއާޕޯޓު ބަންދުކުރުމުން މޯލްޑިވިއަންގެ ދަތުރުތަކަށް ބުރޫ އަރައިފި

ފުވައްމުލަކު އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރުމުގެ ސަބަބުން މޯލްޑިވިއަންގެ ދަތުރުތަކަށް ބުރޫއަރައިފިއެވެ.

މޯލްޑިވިއަނުން ބުނީ މިކަމުގެ އަސަރުކުރާނެ ފަސިންޖަރުންނަށް ގުޅައި، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ އެއާލައިންގެ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މޯލްޑިވިއަނުން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދި، މި ދަނޑިވަޅުގައި ފަސިންޖަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވައިފައެވެ.

މޯލްޑިވިއަނުން ވަނީ އިތުރު އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެ އެއާލައިންގެ ކޯލް ސެންޓަރ 1671 އަށް ގުޅުމަށް ނުވަތަ cc@iasl.aero އަށް އީމެއިލް ކުރުމަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު