Saturday, October 31
ދިއްދޫ އިސްލާމީ މަރުކަޒުގެ %99 މަސައްކަތް ނިމިއްޖެ
ހއ. ދިއްދޫގައި ޢިމާރާތްކުރާ އިސްލާމީ މަރުކަޒުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން މިއަދު ބުނީ އެ ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދު ހއ. ދިއްދޫގައި ޢިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާފައިވާ ކަމަށާއި، އެ މަރުކަޒުގެ %99 ނިމިފައިވާ ކަމަށެވެ. އެ ވުޒާރާއިން ބުނީ މަރުކަޒު ނިމޭނެކަމަށް ލަފާކުރެވެނީ 15 އޮކްޓޫބަރު 2025 ގައި ކަމަށެވެ. ރާއްޖޭގެ ތާރީޚުގައި އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މިސްކިތް އިމާރާތްކުރެވިގެންދާނީ މި ހިނގާ 2025 ވަނަ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިސްކިތްތަކުގެ އިތުރުން، އިސްލާމްދީނުގެ ދާއިރާއިން އެހެނިހެން މަޝްރޫޢުތައް ހިންގުމަށް 20 ރަށެއް ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި އިސްލާމިކް ސެންޓަރުތައް އެޅުންވެސް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު