އާދިއްތަ, November 15
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.

މިގޮތުން ފުލުހުން ހޯދަމުންދަނީ ޙަސަން ސަޢީދު (34އ) ދިގުވާނޑު، ވެލިގާ / ޏ. ފުވައްމުލައް އެވެ.

ފުލުހުން ވަނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙުޤީޤަށް ހާޒިރުވުމަށް އަންގައިފައެވެ.

މައްސަލައިގެ ތަހުޤީޤަށް ތުހުމަތުގައި ސުވާލުކުރުމަށް އޭނާ ހާޒިރުވާން ޖެހޭނީ 2025 ސެޕްޓެންބަރު 08 ވަނަ ދުވަހުގެ 10:00 އަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު