Saturday, October 31
ޤައުމީ ޔުނިވަސިޓީ އަށް 52 އަހަރު، ރައީސްގެ ތަހުނިޔާ!

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ އަހަރީ ދުވަހުގެ 52 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމުހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ތަހުނިޔާގެ މެސެޖްގައި މި އުފާވެރި އަހަރީ ދުވަހު އަޅުގަނޑުގެ ދުޢާއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދުވަހަކަށް ވުރެ ދުވަހެއް ކާމިޔާބު، ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށް ވުންއެދިވަޑައިގެންނެވިއެވެ.

އެމަނިކުފާނުގެ ދުޢާއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދުވަހަކަށް ވުރެ ދުވަހެއް ކާމިޔާބު، ފެންވަރު ރަނގަޅު، ޢިލްމީ ހިޔާވައްސަކަށްވުން ކަމުގައި ވިދާޅުވިއެވެ. އަދި، ޤައުމީ ޚިދުމަތުގައި ކާމިޔާބު 52 އަހަރު ކަޑައްތުކޮށްފައިވާތީ އެކަމައްޓަކައި އެމަނިކުފާނު ވަނީ ޤައުމީ ޔުނިވަރސިޓީގެ ހީވާގި ޓީމަށާއި ލޮބުވެތި ދަރިވަރުންނަށް މަރްޙަބާއާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

 

ޔުނިވަރސިޓީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އަލީ ހައިދަރުވެސް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.އެމަނިކުފާނުގެ މެސެޖްގައި ޔުނިވަސިޓީގެ ތަރައްޤީއާއި ކުރިއެރުމަށް ޚިދުމަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް މަރުހަބާ ދަންނަވާ ރާއްޖޭގެ ތަޢުލީމަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކޮށްދެއްވައި، ދިވެހި ދަރީންނަށް ތަޢުލީމުގެ އެކި ރޮނގުތަކުން ކުރިއެރުމާއި ކާމިޔާބު މިންވަރު ކޮށްދެއްވުން. އެދި ދުޢާދެންނެވިއެވެ.

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ  ޚިދުމަތްދޭން ފަށާފައިވަނީ 1973ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު