އާދިއްތަ, November 15
ހުޅުމާލޭ ޓަރމިނަލުން މުދާ ދޫކުރާ އުސޫލު ހަރުދަނާކުރުމަށް އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ޤާއިމްކުރަނީ
ހުޅުމާލެ ޓާމިނަލްއިން މުދާ ދޫކުރަމުންދާ އުސޫލް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން، އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ޤާއިމްކުރުމަށް ނިންމައިފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ޓާމިނަލްއިން މުދާ ދޫކުރަމުންދާ އުސޫލް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން، އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކޮށް، 21 ސެޕްޓެންބަރު 2025 ފެށިގެން މި ކިޔު ލައިވްކޮށް، ބޭނުންކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ކިޔު ލައިވް ކުރުމާއި އެކު، ހުޅުމާލެ ޓާމިނަލްއިން މުދާ ކްލިއަރކުރެވޭނީ މި ކިޔުގެ ތެރެއިން ކަމަށާއި، މި ބަދަލާއެކު ހުޅުމާލެ ޓާމިނަލް އިން މުދާ ކްލިއަރ ކުރުން އަވަސްވެ، އާންމުނަށް ދެވޭ ޚިދުމަތަށް އިތުރަށް އަވަސް ވެގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.

ވީމާ މި ކިޔުގައި ބައިވެރިވުމަށް ވެހިކަލް ރެޖިސްޓްރޭޝަން ރިކުއެސްޓް ފޯމް 03 ސެޕްޓެންބަރު 2025 ގެ ކުރިން ފުރިހަމަކޮށް ފޮނުވުމަށް އެމްޕީއެލް އިން ވަނީ އެދިފައެވެ. މިގޮތުން މި ފޯމު އީމެއިލް މެދުވެރިކޮށް ނުވަތަ ހުޅުމާލޭ ފައިނޭންސް ކައުންޓަރަށް ހުށަހެޅޭނެއެވެ.

މި ކިޔުގައި ބައިވެރިވުމަށް މާލެ ކޮމާޝަލް ހާބަރ (އެމްސީއެޗް) ވެހިކަލް ކިޔު ކައުންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްނަމަ ރެޖިސްޓްރޭޝަން ފޯމާއިއެކު އެމްސީއެޗް ކިއުއިން ވަކިކޮށް ދިނުމަށް އެދި ލިޔެފައިވާ ސިޓީ ހުށަހަޅަންވާނެއެވެ.

މީގެ އިތުުރުން މި ކިޔުގައި ބައިވެރިވުމަށް ބަލާނެ މިންގަނޑުތަކުގެ ތެރޭގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފަރާތަކީ އެމްސީއެޗް ކިއު ކައުންޓަރުން ރަޖިސްޓްރޭޝަން ބާތިލު ކުރެވިފައިވާ ފަރާތަކަށް ނުވުމާއި، ފޯމާއި އެކު ހުށަހަޅާ ލިޔެކިޔުންތަކުގެ މުއްދަތު ހަމަވެފައި ނުވުން ހިމެނެއެވެ. އެމްޕީއެލް އިން ބުނީ، ވެހިކަލްގެ ވެރިފަރާތަކީ ދިވެހި ރައްޔިތެއްކަމުގައިވުމުގެ އިތުރުން އޭ ޒޯންގައި ރަޖިސްޓްރީ ކުރެވިފައިވާ ވެހިކަލްއެއް ކަމުގައިވުން އަދި ޕިކަޕްގެ ގޮތުގައި ބެލެވޭނީ 1 ޓަނުން ފެށިގެން މަތީ ވެހިކަލް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު