Saturday, October 31
ތިލަފުށި ލޮޓް: 30230 ގެ ފަޅުތެރޭގައި ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދުތައް ނަގަނީ

ކ. ތިލަފުށީ ލޮޓް ނަންބަރު: 30230 ގެ ފަޅުތެރޭގައި ގަވާއިދާ ޚިލާފަށް އަޅާފައިވާ އުޅަނދުތައް ނަގައި އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ކުރި އިޢުލާނެއްގައި ވަނީ އެ ސަރަހައްދުގައި އަޅާފައިވާ އުޅާނދުތަކުގެ ވެރިފަރާތެއް ވާނަމަ، އެ ކުންފުނީގެ ހޮޓްލައިން 1516 އަށް ގުޅައި މަޢުލޫމާތު ސާފުކުރުމަށްފަހު، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެތަކެތި ނެގުމަށް އެދިފައެވެ.

އަދި މި މުއްދަތުގެ ތެރޭގައި އެ އުޅަނދުތައް ނަގާފައި ނުވާނަމަ، އެއީ ވެރިފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި، އެ ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން އެ ތަކެއްޗާއެކު ޢަމަލުކުރެވޭނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ވަނީ މިފަދަ ކަންތަކުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު