އާދިއްތަ, November 15
ޙިމާޔަތްކޮށްފައިވާ ކ. ތަނބުރުދޫ ސަރަޙައްދު ވަގުތީ ގޮތުން ބަންދުކުރަނީ

ޙިމާޔަތްކޮށްފައިވާ ކ. ތަނބުރުދޫ ސަރަޙައްދު ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން، ޙިމާޔަތްކޮށްފައިވާ ކ. ތަނބުރުދޫ ސަރަޙައްދުގައި މި އަހަރުގެ ސެޕްޓެންބަރު މަހުގެ 4 އިން 11 އަށް "ފޯ ސީޒަންސް މޯލްޑިވްސް ސާރފިންގ ޗެމްޕިއަންޝިޕް ޓްރޮފީ 2025" ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން، މި މުއްދަތުގައި މި ސަރަޙައްދު އާންމުންނަށް ބަންދުކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އަދި މިކަމާ ގުޅޭއިތުރު މަޢުލޫމާތު ބޭނުންވާނަމަ protected.areas@environment.gov.mv އަށް އީމެއިލް ކުރުމަށްވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު