އާދިއްތަ, November 15
ޚާރިޖީ ވަޒީރު މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

މެލޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު، މެލޭޝިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ ދާތޯ ސްރީ އުތާމާ ހާޖީ މުޙައްމަދު ބިން ހާޖީ ހަސަން އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރު ޑރ. އަބްދުﷲ ޚަލީލު ފޮނުއްވި މެސެޖުގައި، މެލޭޝިއާގެ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސް ކުރައްވައި، އަދި ދިވެހިރާއްޖެއާ މެލޭޝިއާ އާއި ދެމެދު އޮތް ޒަމާންވީ ގާތް އެކުވެރި ގުޅުން އިތުރަށް ފަހިވެގެންދާނެ ކަމުގެ ޔަގީންކަން އޮތްކަން އެމަނިކުފާނަށް ކަށަވަރުކޮށްދެއްވިއެވެ.

މެލޭޝިއާގެ މިނިވަން ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެސް ވަނީ އެޤައުމުގެ ރަސްގެފާނު ހިޒް މެޖެސްޓީ ސުލްޠާން އިބްރާހީމާއި ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު