Saturday, October 31
ވިލުފުއްޓާއި މަޑިފުށީގައި ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އާއްމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމު ތ. ވިލުފުއްޓާއި މަޑިފުށީގައި ކުރިއަށް ގެންގޮސްފިއެވެ.

އެ ވުޒާރާއިން ބުނީ މި ރަށްތަކުގައި ދަންފަޅިތައް ކުރިއަށް ގެންގޮސްފައިވަނީ މަޑިފުށި ކައުންސިލާއި ވިލުފުށީ ހެޔޮބަސް ޖަމިއްޔާ ގުޅިގެން ކަމަށާއި، މި ރަށްތަކުގެ ސްކޫލް ދަރިވަރުންނާއި، ބެލެނިވެރިންނާއި މުއައްސަސާތަކުގެ މުވައްޒަފުންނަށާއި ޒުވާނުންނަށް ރިސާލަތުގެ ދަންފަޅިތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން މި ދެރަށުގައި މިސްކިތު ދަރުސްތައް ކުރިއަށް ގެންގޮސްފައިވާކަންވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

މި ދަންފަޅިތައް ނަންގަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡުންކަމަށްވާ ޝައިޚް އަތީފް އަބޫބަކުރާއި ޝައިޚް ޢަބްދުﷲ މިފްޒާލެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު