އާދިއްތަ, November 15
ޚާރިޖީ ވަޒީރު ކިރިގިސްތާންގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ކިރިގިސްތާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޒީންބެކް ކުލުބައޭވް އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖުގައި ކިރިގިސްތާންގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި ވަޒީރު ޒީންބެކް ކުލުބައޭވް އަށާއި ކިރިގިސްތާންގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖެ އާއި ކިރިގިސްތާން އާ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުން، ދެ ޤައުމުގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި އިތުރަށް ބަދަހިވެގެންދާނޭކަމުގެ ޔަޤީންކަން އޮތް ކަމުގައިވެސް ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

"މި ފުރުސަތުގައި މަނިކުފާނުގެ ދުޅަހެޔޮ ސިއްހަތާއި ކިރިގިސްތާން ގެ ރައްޔިތުންނަށް އަމާންކަމާއި، އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެން. އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު