އާދިއްތަ, November 15
ބަނގުރާ ގެންގުޅުނު ބިދޭސީއަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖަހަންގިރު ހޮސައިން، ބަންގްލަދޭޝް (35އ) އެވެ. ކޯޓުން ވަނީ މި މައްސަލައިގައި އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި މި އޮގަސްޓު މަހުގެ 29 ވަނަ ދުވަހުއެވެ.

މިގޮތުން ހުޅުމާލޭ ރީތިގަސްމަގުން އޭނާ ސައިކަލެއްގައި ދަނިކޮށް އޭނާއާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 9 ފުޅި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު