އާދިއްތަ, November 15
ފުލުހުންގެ ކޮންމެ އޮފިސަރަކީ ނަޒާހަތްތެރިކަމާއެކީ މަސައްކަތްކުރާ އޮފިސަރަކަށް ވާންޖެހޭ: އިޙްސާން

ފުލުހުންގެ ކޮންމެ އޮފިސަރަކީ ނަޒާހަތްތެރިކަމާއެކީ މަސައްކަތްކުރާ އޮފިސަރަކަށް ވާންޖެހޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، 40 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ފުލުހުންގެ ޔުނިފޯމާއި އަދި މުޢައްސަސާގެ ކަރާމާތް ހިފެހެއްޓުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ކޮންމެ ފުލުހަކީ އެ މީހެއްގެ ވާޖިބުގަ ފުރިހަމައަށް ހުރި ފުލުހެއްކަން ރަމްޒުކޮށްދިނުމުގަ ގޮންޖެހުންތަކެއް ހުންނާނެ ފުލުހެއްކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޔުނިފޯމުގަ ޤައުމަށް ޚިދުމަތް ކުރުމަކީ އާދައިގެ ކަމެއްނޫންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް ޚިދުމަތް ކުރެވޭނީ ޤައުމަށް އޮންނަ ލޯތްބާއި އާންމު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ވިސްނުން ހުރެގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ފުލުހުންގެ ޚިދުމަތާ ދޭތެރޭ ފަޚުރުވެރިވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ ފުލުހުން އަބަދުވެސް މަސައްކަތް ކުރަންވާނީ އިޙްތިރާމާއި ޤަދަރުދޭ އަދި ހިނިތުންވުމާއެކީ ޚިދުމަތްދޭ ބަޔަކަށް ކަމަށްވެސް ވިދާޅުވެފައެވެ.

ކުށަށް އަރައިގަންނަ ހާލަތްތަކުގަ ނުވަތަ ޤާނޫނާ ޚިލާފުވާ ހާލަތްތަކުގަވެސް ފުލުހުންގެ ޤާނޫނީ ދައުރު އަދާކުރަންވާނީ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށްކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް މިދެންނެވި ބީދައިން ޚިދުމަތް ދޭވެނެ ގޮތަށް ފުލުހުންގެ ޚިދުމަތް ތަރުތީބުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ. މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ލިބޭނެ ގޮތަށް މިހާރު ހިންގަމުންމިދާ ޕްރޮޖެކްޓަކީ މީގެ އެއް ނަމުނާ. ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ މުހިންމު މަސައްކަތްތަކެއް މިވަގުތު ކުރިއަށްއެބަދޭ. މި ހުރިހާ މަސައްކަތްތަކެއް ރައީސް ކުރައްވަމުން އެ ގެންދަވަނީ ރައްޔިތުންނަށް އެންމެ އެދެވެފޭދަ ޚިދުމަތެއް ތިޔަ ފުލުހުންގެ ފަރާތުން ހޯދައިދިނުމަށް"، ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ކޮންމެ ފުލުހަކީވެސް އިތުުރު ތަމްރީނާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅު ކުރުމުގެ ވިސްނުމާއި އަމިއްލަ ނަފްސް ބިނާ ކުރާނެ ބަޔަކަށް ވުމަށް އެދިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު