އާދިއްތަ, November 15
އައްޑޫގައި ކުރިއަށްގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި

އައްޑޫ ސިޓީ މަރަދޫ ސްކޫލާއި، އިރުޝާދިއްޔާ ސްކޫލާއި، ފޭދޫ ސްކޫލާއި، ސ. އަތޮޅު މަދުރަސާގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ އެވެ.

މަރަދޫ ސްކޫލާއި، އިރުޝާދިއްޔާ ސްކޫލާއި، ފޭދޫ ސްކޫލުގެ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި އޮގަސްޓު މަހުގެ 29 ވަނަ ދުވަހު ފޭދޫ ސްކޫލުގައެވެ. މި ރަސްމިއްޔާތުގައި، އެ ތިން ސްކޫލުގެ އިސްވެރިންނާއި، އައްޑޫ ސިޓީ ފުލުހުންނާއި ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފުލުހުންގެ އިތުރުން ދައުވަތު އެރުވިގެން އެހެނިހެން ބޭފުޅުން ބައިވެރިވެެލެއްވިއެވެ.

ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދުރަސާގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި އޮގަސްޓު މަހުގެ 28 ވަނަ ދުވަހު އެ މަދަރަސާގައެވެ. މި ރަސްމިއްޔާތުގައި، އެ މަދަރުސާގެ އިސްވެރިންނާއި، އައްޑޫ ސިޓީ ފުލުހުންނާއި ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފުލުހުންގެ އިތުރުން ދައުވަތު އެރުވިގެން އެހެނިހެން ބޭފުޅުން ބައިވެރިވެެލެއްވިއެވެ.

މި އޮގަސްޓު މަހުގެ 23 އިން 28 އަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމުގައި ހަތަރު ސްކޫލު ހިމެނޭގޮތަށް ޖުމުލަ 124 ދަރިވަރުން ބައިވެރިވެ ކާމިޔާބުކަމާއެކު ޕްރޮގްރާމް ފުރިހަމަކޮށްފައި ވެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމުގައި. އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް މައުލޫމާތުދީ އަދި ސްކޫލު ސަރަހައްދުގައި ޓްރެފިކް ބެލެހެއްޓުމަށް ދަރިވަރުން ތަމްރީނުކޮށްފައި ވެއެވެ. މީގެ އިތުރުން، ރިވެތި ބަހުން މުއާމަލާތު ކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސެލްފް ޑިފެންސް ކުލާސްތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން، ދަރިވަރުން ބާރުވެރިކުރުމާއި ލީޑަރޝިޕް ހުނަރު އިތުރުކުރުމަށް މަގުފަހިވާނޭ ފަދަ ސެޝަންތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެންނެވެ.

ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލު ދަރިވަރުން އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު