އާދިއްތަ, November 15
މެލޭޝިއާގެ ފުލުހުން ތަޙުޤީޤުކުރަމުންދާ މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފި

މެލޭޝިއާގެ ފުލުހުން ތަޙުޤީޤުކުރަމުންދާ މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ ގްރޫޕްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެލޭޝިއާ ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޢަބްދުލް ބާތިން މުޙައްމަދު މުސްޠަފާ ހައްޔަރުކޮށްފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި ބާތިންގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު