އާދިއްތަ, November 15
އަޅުގަނޑު ނޯންނާނެ މީހަކު މަރަން ބުނެފައެއް: ފަލާޙް
މީހަކު މަރަން ވިދާޅުވެފައި ނޯންނާނެ ކަމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ. ފަލާޙް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަލާޙް ނޫސްވެރިންނާއި މީޑިއާތައް ޖަލަށްލުމުގެ ބަދަލުގައި "އުލުބައިންދަން" ޖެހޭ ކަމަށް ވިދާޅުވި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދަން ފުލުހުން ނިންމި ކަމަށް ބުނެ ނޫހަކުން ޝާއިޢުކޮށްފައިވާ ޚަބަރެއްގެ ސްކްރީންޝޮޓް ހިއްސާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން މި މައްސަލައިގައި ޕީޖީގެ ލަފައެއް ހޯދުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށް ވިދާޅުވެ ފަލާޙް ވިދާޅުވީ އޭނާ ޖަލުގައި އުޅޭ ނަމަ އެތަނުގެ ރަހުމަތްތެރިންނަށް ވާނީ އެމްޑީޕީގެ ވެރިކަންކުރި ރައީސުންނާއި އެމްޑީޕީގެ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން އަދި އެންމެ ގިނަވާނީ ނޫސްވެރިން ކަމަށެވެ. "ސަބަބަކީ މިއަށްވުރެގިނައިން އިސްލާމްދީނުގެ އަސްލުތަކާޚިލާފުވެ އެފަދަވާހަކަތަށް ދައްކާފައިވާބައެއް މި ޤައުމުގަނޫޅޭނެ އަދި އިސްލާމް ދީން ނޫން ދީންތައް މި ޤައުމަށް ގެނައުމަށް ވަކާލާތުކުރި ދެވަނަ ބައެއްވެސް ނޫޅޭނެ!"، ފަލާޙް ވިދާޅުވިއެވެ. ފަލާޙް ވިދާޅުވީ މީހަކު މަރަން ވިދާޅުވެފައެއް ނޯންނާނެ ކަމަށާއި، އުލުބޭންދުން އޭނާގެ ހިސާބުގައި ބޭނުންކުރަނީ ބަސްނާހާ މީހުން ބިމަށްވުރެ މަތީ ތަނަކަށް އެރުވުމަށް ކަމަށެވެ. "ކުރިއަށް އޮތް މަދު ދުވަސްކޮޅު ތެރޭ މަތީގައިވާ ރައްޓެހިންނާ ބައްދަލްވާނެކަމަށް އުއްމީދުކުރަން!"، ފަލާޙް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު