އާދިއްތަ, November 15
ސިފައިންގެ އަސްކަރީ ތަމްރީންތަކެއް ސެޕްޓެންބަރު 3 އިން 6 އަށް ހުޅުމާލޭގައި

ހުޅުމާލޭގައި ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

ދިފާޢީ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ސެޕްޓެމްބަރު 03 އިން 06 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 17:30 އަށް ހުޅުމާލޭގެ އިރުން 12 ނޯޓިކަލް ބޭރުން ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ވުޒާރާއިން ބުނީ މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން 12 ނޯޓިކަލް މޭލު ބޭރުން 45000 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 500 މީޓަރު ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު