Saturday, October 31
"ބެލެނިވެރިންގެ ހޮޅުއަށި" މާދަމާ ރޭ

"ބެލެނިވެރިންގެ ހޮޅުއަށި"ގެ ނަމުގައި ހާއްސަ ސެޝަނެއް މާދަމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނީ މި ސެޝަންގައި ކުދިން ބާރުވެރިކުރުމުގައި މައިންބަފައިންގެ ދައުރާ ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދޭނެ ކަމަށާއި، ކުދިން ބާރުވެރިކުރުމަށް މައިންބަފައިންނަށް ގެންގުޅެވިދާނެ ރަނގަޅުގޮތްތަކާ ބެހޭގޮތުން ވެސް މި ސެޝަންގައި މައުލޫމާތު ދޭނެ ކަމަށެވެ.

މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ 20:00 އިން 21:30 އަށް އިސްރަށްވެހިންގެ ނާދީގައެވެ.

"ބެލެނިވެރިންގެ ހޮޅުއަށި" އަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގްސަދުގައި ބާއްވާ ސެޝަންތަކެކެވެ.

މިސެޝަންގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނަމާއި ފޯނު ނަމްބަރު 7925704 އަށް މެސެޖު ކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު