އާދިއްތަ, November 15
ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވެނު ދަބަހަކާއި 400 އަށްވުރެ ގިނަ ޑޮލަރު ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވުނު ދަބަހަކާއި 400 އަށްވުރެ ގިނަ ޑޮލަރު ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރިތާ 5 ގަޑިއިރުގެ ތެރޭގައި އެތަކެތި ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުުގެ ހެނދުނުގެ ވަގުތެއްގައި މީހަކު ދަތުރުކުރި ކާރަށް ދަބަސް ދޫކޮށްލެވި، ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ދަތުރުކުރި ކާރު ހޯދުމަށްޓަކައި ސީސީޓީވީ ފުޓޭޖްތައް ބަލައިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން، އެމީހާ ދަތުރުކުރި ޓެކްސީ ހޯދާފައިވާ ކަމަށެވެ.

އަދި ކާރު ތެރެއަށް ދޫކޮށްލެވުނު ދަބަހާއި ދަބަސް ތެރޭގައި އޮތް 400 އަށްވުރެ ގިނަ ޑޮލަރު ހޯދައި އޭގެ ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު