Saturday, October 31
ދައުލަތުން މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާ އަދި ބްރޯޑްކާސްޓް މީޑިއާތަކަށް ދައުލަތުން މާލީ އެހީތެރިކަން ދިނުމަށް ހުޅުވާލައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން އެ ވުޒާރާއިން ބުނެފައިވާ ގޮތުގައި މިކަމަށް އެދި ހުށަހެޅުމުގެ މުއްދަތަކީ 28 އޮގަސްޓް 2025 އިން ފެށިގެން 27 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

އަދި މާލީ އެހީތެރިކަން ދިނުމާބެހޭ ތަފްސީލު ރާއްޖޭގެމީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާއިބެހޭ އުސޫލު (ނަންބަރު: 2025/G-15) ގައި ހިމެނިފައިވާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މިކަމަށް އެދި ހުށަހެޅޭނީ މިކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު