Saturday, October 31
ނިޔާވެފައި އޮއްވާ ފެނުނީ ގެއްލުނު ބިދޭސީ މީހާކަން ކަށަވަރުވެއްޖެ: ފުލުހުން

ހުޅުމާލޭގައި ނިޔާވެފައި އޮއްވާ ފެނުނީ އޮގަސްޓު 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ ކަމުގައި ފުލުހުން ބުނެފިއެވެ.

މިގޮތުން ފުލުހުން ބުނީ ނިޔާވެފައި އޮއްވާ ފެނުނީ ރުޕަން ތަޕާ މާގަރް (29 އ) ކަން ފޮރެންސިކް ތަހުލީލުތަކުން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މިހާތަނަށް ބެލި ބެލުމުން އޭނާ ނިޔާވުމުގައި ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ހުޅުމާލޭ ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުން ކަމަށްވާއިރު، ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު