އާދިއްތަ, November 15
މައުމޫން ފައުންޑޭޝަންގެ ޅެން ހެދުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މައުމޫން ފައުންޑޭޝަންގެ ފަރާތުން ޤައުމީ ދުވަހާ ގުޅިގެން ބާއްވާ ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ އެއްބައިވަންތަކަން، މި މައުޟޫޢުތައް ރަމްޒުކޮށްދޭ ޅެން ހެދުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިއަދަށް ހަމަވީއިރު، އެ ފައުންޑޭޝަނުން ވަނީ 3 ސެޕްޓެންބަރު 2025 ގެ 14:00 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައެވެ.

ހުރިހާ ދިވެހިންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުން އެއް ވަނަ އަށް އަންނަ ފަރާތަކަށް 5،000ރ. އާއި ދެ ވަނަ އަށް އަންނަ ފަރާތަކަށް 3،500ރ. އަދި ތިން ވަނަ އަށް އަންނަ ފަރާތަކަށް 2،000ރ. ގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވެއެވެ. އަދި އެންމެ މޮޅު ފަސް ޅެމަށް ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވެއެވެ.

އެ ފައުންޑޭޝަނުން ވަނީ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޅެން ހެދުމަށްފަހު ސުންގަޑީގެ ކުރިން އީމެއިލް ކުރުމަށް އެދިފައެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ މި މުބާރާތުގެ ގަވާއިދު އެ ފައުންޑޭޝަންގެ ފޭސްބުކް އަދި އެކްސް ޕޭޖުން ލިބޭނެ ކަމަށެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ 7981500 ނަންބަރާ ގުޅިގެން ސާފުކުރެވޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު