އާދިއްތަ, November 15
މީރާގެ ބޯޑަށް ހަތަރު މެންބަރުން ޢައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ބޯޑަށް 4 މެންބަރަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީގައި ވަނީ މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލުމުން އެ މަޤާމަށް 14 މީހަކު ކުރިމަތިލައްވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މީރާގެ ބޯޑުން ހުސްވާ މަޤާމުތަކަށް މެންބަރުން އައްޔަންކުރުމަށް އެމަނިކުފާނު އިސްކަންދެއްވާ ތަރުތީބުން މި 14 ބޭފުޅުންގެ ނަންވެސް މަޖިލީހަށް ނަންތައް ފޮނުއްވާފައެވެ.

މި މައްސަލަ ދިރާސާކުރުމަށްފަހު އިޤުތިޞާދީ ކޮމިޓީން ވަނީ އަށް ބޭފުޅަކަށް %75 އަށްވުރެ މަތިން މާކުސް ދީފައެވެ. އަދި ކޮމިޓީން އެންމެ މަތިން މާކުސް ލިބުނު ފަރާތްތަކުގެ ތަރުތީބުން ކޮންމެ ބޭފުޅަކަށް ވަކިން ވޯޓަށް އެއްސެވިއެވެ.

މިކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މީރާގެ ބޯޑަށް ޢައްޔަންކުރުމަށް ފާސެވީ މުޙައްމަދު އިމްތިނާން ސަޢުދުﷲ / ފަތިސް، ގދ. ތިނަދޫ އާއި ހުޝާމް ވަހީދު / ގ. މާލެހިޔާ 2 އާއި އިސްމާޢިލް ހަމްދޫން / ހ. ސިތާރާވާދީ އަދި އަޙްމަދު ޢަލީ / ހުޅުމާލޭ ފްލެޓް ނަންބަރު 01-ގްރައުންޑް-108 އެވެ.

މީރާގެ ބޯޑަށް އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ނަން ފާސްކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާއެވެ. މީރާގެ ބޯޑުގައި 7 މެންބަރުން ތިއްބަވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު