Saturday, October 31
އެމްޓީސީސީން އެގްރޯނެޓްގެ ބޯޓުތައް ހިންގުމަށް މަޝްވަރާކޮށްފި

ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާާރާއިން އެމްޓީސީސީއާ ބައްދަލުކޮށްފިއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި އެމްޓީސީސީން ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށްޓަކައި އެގްރޯނެޓް ބޯޓުތައް އެ ކުންފުނީގެ އުޅަނދުތަކުގެ ތެރޭގައި ހިމަނައިގެން ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރިއެވެ.

އެގޮތުން މިކަމަށް ރައީސް އޮފީހުގެ އިސްފަރާތްތަކުގެ ނިންމުމެއް ބޭނުންވާ ކަމަށާއި، ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާގެ އިރުޝާދާއެކު، މި ނިންމުން ނިމުމުން މިކަން ކުރިއަށް ގެންދިއުމަށް އެކުންފުނިން ތައްޔާރަށް ތިބިކަމަށް އެމްޓީސީސީން ފާހަގަކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން އެމްޓީސީސީން މިހާރުވެސް ފެރީ ޚިދުމަތްތަކުގެ ތެރެއިން ތާވަލުތަކެއް ހަދާފައިވާކަމަށާއި، އެ ތަފްޞީލުތައް ހިއްސާކުރާނެ ކަމަށާއި، އެ ވުޒާރާއިން މި ތާވަލުތައް މުރާޖަޢާކޮށް، ލޮޖިސްޓިކްސްގެ ޕްލޭނެއް އެކުލަވާލުމަށްފަހު މި މަޢުލޫމާތު ދަނޑުވެރިންނަށް އަންގައިދިނުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު