ހދ. ކުމުންދޫ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ކުމުންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައެވެ.
ހދ. ކުމުންދޫއަށް ކުރިމަތިވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަ ޙައްލުކުރުމަށް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަނީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީއާއި ޙަވާލުކޮށްފައެވެ. ކުމުންދޫ ފެނާއި ނަރުދަމާ މަޝްރޫޢު އެމްޑަބްލިއުއެސްސީއާއި ޙަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
102 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން ކުމުންދޫގައި އާރްއޯ ޕްލާންޓެއް ބަހައްޓާ، ރަށުގެ ހުރިހާ ގޭބިސީއަކަށް ފެން ވަނީ ގުޅައިދީފައެވެ.
މި ލިޔުން ކިޔާލުމުން