Saturday, October 31
ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި މީހަކު ނިޔާވެއްޖެ

ކ. ތުލުސްދޫ ކައިރިއަށް މިރޭ ބަންޑުން ޖަހާލައި އޭގެއިން ދަތުރުކުރި މީހަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ "ލިއޯ" ނަމަކަށް ކިޔާ ދޯންޏެއް ތުލުސްދޫ ކައިރިއަށް ބަންޑުން ޖަހާލައިގެން އޭގެއިން ދަތުރުކުރި މީހަކު ގެއްލިފައިވާ ކަމަށެވެ. ނަމަވެސް، ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފަރާތްތަކަށް އެ މީހާގެ ހަށިގަނޑު ފެނިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

ބަންޑުން ޖަހާލި ދޯނިން ދަތުރުކުރީ ހަ މީހުން ކަމަށްވާއިރު، އެމްއެންޑީއެފް މާލޭ އޭރިއާ ސެކަންޑް ސްކޮޑްރަން އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު