Saturday, October 31
9 އަތޮޅެއްގެ އިމާމުން ތާޒާކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމު ނިންމާލައިފި

9 އަތޮޅެއްގެ އިމާމުންނާއި، ޚަޠީބުން ތާޒާކުުރުމަށް ބޭއްވި ތަމްރީން ޕްރޮގުރާމު ނިންމާލައިފިއެވެ.

އެގޮތުން މިފަހަރުގެ ތަމްރީން ޕްރޮގުރާމުގައި ބާއްވާފައިވަނީ ށ، ނ، ރ، އއ، އދ، ވ، މ، ތ އަދި ލ. އަތޮޅުގެ އިމާމުންނާއި ޚަޠީބުންނަށް ޚާއްސަ ކޮށްގެންނެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ތަމްރީނުގައި މި 9 އަތޮޅުން 242 އިމާމުންނާއި ޚަޠީބުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގުރާމު ނިންމާލުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.

އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ ޕްރޮގުރާމުގެ އިތުރުންވެސް އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއާއި ރާއްޖޭން ބޭރުން ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައްވެސް ސަރުކާރުން ދަނީ ހޯދައިދެމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު