އާދިއްތަ, November 15
ނޭކުރެންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ހދ. ނޭކުރެންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ނޭކުރެންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާާރާތުގެ އަމަލީ މަސައްކަތް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނޭކުރެންދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމެވެ.

ނޭކުރެންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު