Tuesday, November 3
މަކުނުދޫ އެއަޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފި

މަކުނުދޫ އެއަޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ މިހާރު ހދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު މަކުނުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

މި އެއްބަސްވުމަކީ މަކުނުދޫ ބިންހިއްކުމާއި ގޮނޑުދަށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އަދި އެއަޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ.

މި އެއްބަސްވުން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމް.ޓީ.ސީ.ސީ އާއެވެ. އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ގެ ފަރާތުން ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ޑީސީޕީ ( ރޓ ) އަޙްމަދު ސަޢުދީއެވެ. މި އެއްބަސްވުމުގެ ދަށުން 1800 މީޓަރުގެ ރަންވޭއެއް ހެދޭއިރު ރަށުގެ ބޭނުމަށް 22 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު