Saturday, October 31
ނިޔާވެފައި އޮއްވާ ފެނުނީ ފިރިހެނެއް، ހަށިގަނޑު ވަނީ ޑީކޮމްޕޯސްވެފައި

ރޭ ހުޅުމާލޭގައި ނިޔާވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށާއި، އެމީހާގެ ހަށިގަނޑު ވަނީ ޑީކޮމްޕޯސްވެފައި ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭ ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި ނިޔާވެފައި އޮތް މީހަކު ފެނިގެން ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

ފުލުހުން މިއަދު ބުނީ ނިޔާވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށާއި، މިހާތަނަށް އެ މީހާގެ އައިޑެންޓިޓީ ކަށަވަރުވެފައި ނުވާ ކަމަށެވެ. ނަމަވެސް އޮގަސްޓު 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ކަމަށް ބެލެވިދާނެ ބައެއް ކަންކަން ތަޙުޤީޤަށް މިހާތަނަށް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހާގެ އައިޑެންޓިޓީ ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެ މީހާގެ ހަށިގަނޑު ވަނީ ޑީކޮމްޕޯސްވެފައި ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު