އާދިއްތަ, November 15
ތިނަދޫން ކުއްޔަށް ދީފައިވާ ބިންތަކުގެ ކުލި ނުދައްކާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަނީ
ތިނަދޫ ސިޓީން ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ ތެރެއިން، ގަވާއިދުން ކުލި ނުދައްކާ ބިންތަކާއި، އެފަދަ ބިންތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 2025 އޮގަސްޓް 15 ގެ ނިޔަލަށް އެ އިދާރާއަށް ލިބެންޖެހޭ، ނަމަވެސް ނުލިބިވާ ފައިސާގެ ޢަދަދަކީ 29,891,891.48 ކަމަށެވެ.

މިގޮތުން އެ އިދާރާއިން ވަނީ ގަވާއިދުން ކުލި ނުދައްކާ 42 ފަރާތެއްގެ ތަފްޞީލްވެސް އާންމުކޮށްފައެވެ.

ސިޓީ ކައުންސިލުން ވަނީ ބިމު ކުލި ދައްކަމުން ނުދާ ފަރާތްތަކުން ބިންތަކުގެ ކުލި މަހުން މަހަށް ދައްކަމުން ގެންދިއުމަށް އެދިފައެވެ. އަދި ނުދައްކާހުރި ކުލީގެ ފައިސާ ހޯދުމަށް ޝަރުޢީ މަރުޙަލާތަކަށް ފޮނުވައި، އެފަދަ ބިންތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށްވެސް ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު