Tuesday, November 3
ނާގޯށި ރިސޯޓެއްގެ ގޮތުގައި ތައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހދ. ނާގޯށީގައި ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު މިއަދު އިފްތިތާޙިކޮށްފިއެވެ.

މިމަޝްރޫޢު އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ހދ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ހދ. ނާގޯށި ތަރައްޤީކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވުމަށް އެރަށުގައި ބޭއްވި ރަސްމީއްޔާތުގައި ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. މިމަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާޢި ބެހޭ ވަޒީރު މޫސާ ޒަމީރާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ޗެއަރމަން އަބްދުﷲ ފާއިޒުއެވެ. މި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް އަދި ބޭންކުގެ ޗެއަރމަން އަހުމަދު އަލީ ހަބީބް ބައިވެރިވެވަޑައިގެންނެވިއެވެ.

ނާގޯށީގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ހދ އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަށްޓަކާ، ސަރުކާރުގެ އެހީތެރިކަމާއި އެކު އެއަތޮޅު ނާގޯށީގެ މަސައްކަތް ފެށުމަށް އެމް.ޓީ.ޑީ.ސީ އަށް މަގުފަހިކޮށްދީ، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު