Tuesday, November 3
ނެއްލައިދޫ ސިއްހީ މަރުކަޒުގެ ބިންގާ އަޅައިފި
ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒުގެ އައު ޢިމާރަތުގެ ބިންގާ އަޅައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގެ ސިއްޙީ މަރުކަޒުގެ އައު އިމާރާޓުގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އާއި އެމްޓީސީސީގެ ސިއީއޯ އަޙްމަދު ސަޢުދީއެވެ. ސާދަ ސަތޭކައެއްހާ މީހުންގެ އަބާދީއެއް އޮންނަ ހދ. ނެއްލައިދޫގައި ދެމުންދާ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ސިއްޙީ މަރުކަޒުގެ ޚިދުމަތްފުޅާކުރުމަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް އައު ޢިމާރަތެއް ތަރައްޤީކުރުމަށް މިހާރުވަނީ ނިންމަވާފައެވެ.

450 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރި މިމަޝްރޫއުގެ އަގަކީ 11,197,462.90ރ.އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ނެއްލައިދޫގައި ގާއިމުކުރަނީ 3 ފަންގިފިލާގެ އިމާރާތެކެވެ. މިއިމާރާތުގައި 10 އެނދުގެ ވޯޑަކާއި، ނާސް ސްޓޭޝަނަކާއި، ލެބޯޓްރީއާއި، ޕަބްލިކް ހެލްތު ޔުނިޓަކާއި، މަލްޓިޕާޕޮސް ހޯލަކާއި، އޮފީސްބައިގެ އިތުރުން ގަރާޖް އަދި ލޯންޑްރީ ބައެއް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު