އާދިއްތަ, November 15
އެސްޓީއޯ އައިޖީއެމްއެޗް ފާމަސީގެ ޚިދުމަތް ވަގުތީ ގޮތުން ދަރުމަވަންތަ ފާމަސީއަށް ބަދަލުކޮށްފި

އެސްޓީއޯ އައިޖީއެމްއެޗް ފާމަސީގެ ޚިދުމަތް ވަގުތީ ގޮތުން ދަރުމަވަންތަ ފާމަސީއަށް ބަދަލުކޮށްފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ އެ ކުންފުނިން އައިޖީއެމްއެޗްގައި ހިންގަމުންދާ ފާމާސީ މަރާމަތުގެ މަސައްކަތެއް ކުރުމަށްޓަކައި އޮގަސްޓު 23 އިން ފެށިގެން މަސައްކަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މި މުއްދަތުގެ ތެރޭގައި ފާމަސީގެ ޚިދުމަތް ވަގުތީ ގޮތުން އެސްޓީއޯ ދަރުމަވަންތަ ފާމަސީއަށް ބަދަލުކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށްވެސް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު