އާދިއްތަ, November 15
ހަނިމާދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފި
ހދ. ހަނިމާދޫގެ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި އަރިހުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމް އަދި ހދ. ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ވެސް ބައިވެރިވެވަޑައިގަތެވެ. ހަނިމާދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ޞިއްޙީ ވުޒާރާއިން އާރުޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ 15 ވަނަ ދުވަހުއެވެ. 97,069,239.40ރ. ގެ އަގުހުރި މި މަޝްރޫޢުގެ މަސައްކަތް ނިންމަން ޖެހެނީ 6 ސެޕްޓެންބަރު 2026 ގެ ނިޔަލަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު