ޤައުމީ ދުވަހުގެ މުނާޞަބަތުގައި ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން މާލޭގައި މިއަދު ބާއްވައިފިއެވެ.
މިއަދު ހަވީރު 16:30ގައި ފެށި ސިފައިންގެ ޝަރަފުގެ ހިނގާލުމުގައި މިލިޓަރީ ބޭންޑާ އެކު، ހަތަރު ގެމައެއް ހިމެނިފައިވެއެވެ. މި ހިނގާލުމުގައި ލަޝްކަރުގެ ކޮމާންޑަރަކަށް ހުންނެވީ ލެފްޓިނެންޓް ކާނަލް މުޙައްމަދު ޝާޚީ ޢަބްދުލްޣަފޫރެވެ.
މާލޭގައި ބޭއްވި ޝަރަފުގެ ހިނގާލުމުގައި ލަޝްކަރު ވަނީ މާލޭގެ ހަތަރު ސަރަހައްދެއްގައި ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅެފައެވެ. އެގޮތުން، ދިވެހިބަހުގެ އެކެޑަމީ ކުރިމަތީގައާއި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅީގައާއި، މިލިއަން ބުކްޝޮޕް ކުރިމަތީގައާއި، ކަޅުތުއްކަލާކޮށީ ހުޅަނގުއުތުރު ކަންމަތީގައި މަޑުކޮށް، މިލިޓަރީ ބޭންޑުން ވަނީ ރާގު ކުޅެފައެވެ. މި ހިނގާލުން ނިންމާލީ ކަޅުތުއްކަލާކޮށްޓަށެވެ.
ޝަރަފުގެ ހިނގާލުން ކުރިއަށްދިޔަ އިރު، މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ އާންމުން ނިކުމެ، ޝަރަފުގެ ހިނގާލުން ބަލާލާފައިވެއެވެ.
މި ލިޔުން ކިޔާލުމުން