މާލެ ސަރަހައްުދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތައް ހަލުވިކުރުމަށް ތިން ޑްރެޖަރ ބޭނުންކުރަން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމާ ގުޅިފައިވާ ހުޅުމާލޭ ފޭސް 3، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
މިގޮތުން އެޗްޑީސީން ބުނީ މި ބިންތައް ހިއްކުމުގެ މަޝްރޫޢުތައް ހަލުވިކުރުމަށްޓަކައި، މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި 45،000 ޓަނުގެ ދެ ހޮޕަރ ޑްރެޖަރ އަދި 11،000 ޓަނުގެ ހޮޕަރ ޑްރެޖަރެއް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި މަސައްކަތްތައް ހުއްޓުމެއް ނެތި ވީހާވެސް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، މި މަސައްކަތް ކުރިއަށްގެންދިއުމުގައި ދިމާވެދާނެ އިތުރު ގޮންޖެހުންތައް ކުރިއާލާ ދެނެގަނެ، އެ ކަންކަން ހައްލު ކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
މި ލިޔުން ކިޔާލުމުން