އާދިއްތަ, November 15
ޤައުމީ ދުވަހު މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ ޓަރމިނަލުގެ ޚިދުމަތްތައް ބަންދުވާނެ: އެމްޕީއެލް

ޤައުމީ ދުވަހު މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާރމިނަލް އިން ދެމުން އަންނަ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑަލާލަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

އެމްޕީއެލް އިން ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ އޮގަސްޓު 24 ވާ އާދީއްތަ ދުވަހަކީ މި އަހަރުގެ ޤައުމީ ދުވަސް ކަމަށްވާތީ، އެ ދުވަހު މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލޭ ޓަރމިނަލުން ދެމުންގެންދާ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލެވޭނެ ކަމަށެވެ.

އަދި ދެން އެ ކުންފުނީގެ ޚިދުމަތް ލިބޭނީ އޮގަސްޓު 25 ވާ ހޯމަ ދުވަހުގެ ހެނދުނު 7:30 އިން ފެށިގެން ކަމަށްވެސް އެމްޕީއެލް އިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު