އާދިއްތަ, November 15
މާލޭގެ ބާ އިމާރާތްތަކުގެ ލިސްޓެއް އެކުލަވާލައިފި

މާލޭގައި، މީހުން ދިރިއުޅެން އެކަށީގެން ވާ މިންވަރަށް ވުރެ ބޮޑަށް، ބާވެފައިވާ ޢިމާރާތުގެ ގޮތުގައި، މިހާތަނަށް ފާހަގަ ކުރެވިފައިވާ ޢިމާރާތް ތަކުގެ ލިސްޓެއް، މާލެ ސިޓީ ކައުންސިލުން އެކުލަވާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ލިސްޓުގައި، މާލޭގެ ހަތަރު އަވަށުން މި ހާތަނަށް ފާހަގަ ކުރެވިފައި ވަނީ ޖުމްލަ 25 އިމާރާތެކެވެ. އެ ގޮތުން ބާ ވެފައިވާ ޢިމާރާތްތައް އެންމެ ގިނައިން ހުރި ހޭންވޭރުގައި އެ ފަދަ 14 ޢިމާރާތް އެބަހުރި ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ދެން އެންމެ ގިނަ ބާޢިމާރާތް ހުރި މާފަންނުގައި އެ ފަދަ 8 ޢިމާރާތް އަދި ގަލޮޅުގައި ބާވެފައިވާ 7 އިމާރާތް ހުރިއިރު، މައްޗަންގޯޅިގައި 5 އިމާރާތް އެބަހުރި ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މާލޭގައި ބާ ޢިމާރާތުގެ ގޮތުގައި މިހާތަނަށް ފާހަގަ ކުރެވިފައިވާ ޢިމާރާތް ތަކުގެ ލިސްޓެއް އެކުލަވާލުމާ ގުޅިގެން، މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ބާ ޢިމާރާތްތައް ތަޅައި، އެ ތަންތަން ސާފުކޮށްދިނުމަށް ޢިމާރާތުގެ ވެރިން ކައުންސިލުގައި އެދެމުންދާ ކަމަށާއި، ނަމަވެސް ކައުންސިލްގައި އެކަން ކުރުމުގެ ފައިސާ އާއި ވަޞީލަތައް ނެތް ކަމަށެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ޤާނޫނުގައި ބުނެފައިވާ ގޮތަށް، ބާވެފައިވާ އިމާރާތުގެ ވެރިފަރާތުގައި، އެ އިމާރާތް ތަޅައިލުމުގެ މާލީ ތަނަވަސްކަން ނެތް ޙާލަތުގައި، ސަރުކަރުން އެ ޢިމާރާތް ތަޅައިލުމަށް ފަހު، އެ ކަމަށް ހިނގި ޚަރުދު ހޯދުމަށް ޢިމާރާތުގެ ވެރި ފަރާތަށް ބިލް ހުށަހަޅަން ޖެހޭ ކަމަށެވެ.

ބައެއްގެ ފުރާނަ މިކަމުން ގެއްލިއްޖެ ނަމަ އެއީ ވަރަށް ބޮޑު ކަމެއް ކަން ފާހަގަ ކުރައްވައި ޢާޒިމް ވިދާޅުވީ، މި ކަމަށް ހައްލެއް ހޯދޭނެ ކަހަލަ ގާނޫނެއް ހަދައި ނުވަތަ، ނިޒާމެއް ކަނޑައަޅާފައި ބޭއްވުމަކީ ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު