އާދިއްތަ, November 15
ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ތަކެއްޗަކީ މި އަހަރުގެ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން އޮގަސްޓު 17 ވަނަ ދުވަހާ ހަމައަށް ކައްދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެއާޕޯޓު އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

އެގޮތުން، އޮގަސްޓު 21 ވަނަ ދުވަހު ނައްތާލާފައިވަނީ 56 ފުޅި ބަނގުރަލާއި 73 ދަޅު ބަނގުރާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވާ ގޮތުން ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު