މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް "އެކްސް" ގައި ޕޯސްޓްތަކެއް ކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ،ހިތަދޫ / އަތަމާވިލާ، ޢަލީ ޢާނިމް މުފީދު (29އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2025 އޯގަސްޓް 20 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ޢާނިމްގެ މައްޗަށް ކުރާ ތުހުމަތުތައް:
1 - ޤާނޫނު ނަންބަރު (32/2015) ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު - ޓީ.ވީ، ރޭޑިއޯ އަދި އިންޓަރނެޓް މެދުވެރިކޮށް ހިތްވަރު ދިނުމާއި މަޢުލޫމާތު ފެތުރުން - 10 ވަނަ މާއްދާގެ (ހ) ޤާނޫނުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ޓެލެވިޜަން ނުވަތަ ރޭޑިއޯ ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ކުރުމުގެ ކުށް.
2 - ޤާނޫނު ނަންބަރު (9/2014) ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު - ޢާންމު މަޞްލަޙަތަށް ގެއްލުން ހުރި ޢަމަލުކުރުން - 615 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރު؛ ޢާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަޤްޞަދެއް ޙާޞިލު ނުވާނެ ޢަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ޙާލަތެއް އުފެއްދުން.
3 - ޤާނޫނު ނަންބަރު (9/2014) ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު - ކުށެއް ކުރަން އުޅުން - 80 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު، ކުށެއް ކުރުމަށްޓަކައި ކުށުގެ ނިޔަތް އޮތުން.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން