އާދިއްތަ, November 15
މާލޭގައި މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

މާލޭގައި މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ މާލޭ ސޯސަން މަގުގައި މީހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމުގެ މަޢުލޫމާތު ރޭ 11:11 ހާއިރު ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށާއި، އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމުގައި ފުލުހުން ހާމަކުރެއެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު