އާދިއްތަ, November 15
ބޮޑުފޮޅުދޫ ހޭންޑް ބޯލް ކޯޓުގެ ބިންގާ އަޅައިފި

އއ. ބޮޑުފޮޅުދޫ ހޭންޑް ބޯލް ކޯޓުގެ ބިންގާ މިއަދު އަޅައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގައި ފެންސެއް ޖެހުމާއި، ޓާފެއް އެޅުމާއި، ކޮންކްރީޓް އަދި މޭސަނަރީ މަސައްކަތްތައް ހިމެނެއެވެ.

މި މަޝްރޫޢަކީ 1.43 މިލިއަން ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު