ރާއްޖޭގެ ޠަބީޢީ ތަރިކައިގެތެރޭގައި ހިމެނޭ ގަސްގަހާގެއްސާއި، ދިވެހިބޭހަށް ބޭނުންކުރާ ގަސްގަހާގެއްސާއި ފަތްޕިލާވެލި ދިރުވާ އާލާކުރުމުގެ މަޝްރޫޢެއް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
ދިވެހި ބޭސްވެރީންގެ ޖަމިއްޔާގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކުރިޔަށް ގެންދެވޭ މި މަސައްކަތުގައި އިއްޔެ ދިވެހި ބޭސްވެރީންގެ ޖަމިއްޔާއިން ވަނީ ދިވެހި ބޭސްވެރިކަމުގައި ބޭނުންކުރާ އެކި ބާވަތްތަކުން 100 ގަސް ވުޒާރާގެ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ހަދިޔާކޮށްފައެވެ.
މިގޮތުން ދިވެހި ޤައުމިއްޔަތުގެ އިސްވަރު އޮފީހުގައި އިއްޔެ އޮތް މި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާ ބެހޭ ވަޒީރު އާދަަމްް ނަޞީރު އިބްރާހީމާއި އެ ވުޒާރާގެ އިސް މަސްއޫލުވެރީން ބައިވެރިވެވަޑައިގަތެވެ. އަދި ދިވެހި ބޭސްވެރީންގެ ޖަމިއްޔާގެ ރައީސް މުޙައްމަދު އަޙްމަދާއި އެ ޖަމިއްޔާގެ ނައިބު ރައީސް އިބްރާހީމް ސަލީމާއި އެހެނިހެން މަސްއޫލުވެރީން ބައިވެރިވެވަޑައިގަތެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ދިވެހި ބޭސްވެރީންގެ ޖަމިއްޔާއިން ހަދިޔާކުރެއްވި މި ގަސްތައް އިންދޭނީ މި އަހަރު ޤައުމީ ދުވަހު ހއ. އުތީމުގައެވެ. އޭގެ އިތުރަށް އުތީމު ކަނދުވަލު މިސްކިތް ސަރަހައްދުގައި ވުޒާރާގެ ފަރާތުން ތަރައްޤީކުރަމުން ގެންދަވާ ވާހަކަވަލުގައި 300 ކަނދުގަސް ވެސް އިންދޭނެއެވެ.
މި ލިޔުން ކިޔާލުމުން