Saturday, October 31
ބޮޑުފޮޅުދޫގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އއ. ބޮޑުފޮޅުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫޢެއްގެ މުހިންމުކަން ހިމެނެއެވެ. ހަމައެއާއިއެކު ރަށުގެ ނަރުދަމާގެ މައްސަލަ ހައްލުކޮށްދިނުމާއި، އިންޓްގްރޭޓެޑް ޓޫރިޒަމް ރަށަށް ތަޢާރަފުކޮށްދެއްވުމާއި، ރައްޔިތުން ދަތުރުދާނެ ރަށެއް ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރަށު ސްކޫލްގެ ފަރާތުން ވަނީ، ސްކޫލަށް މަލްޓި ޕަރޕަސް ހޯލެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ތަރައްޤީކުރުމަށްޓަކައި އެކްސްރޭގެ ޚިދުމަތާއިއެކު 16 ގަޑިއިރު ޚިދުމަތްދެވޭ ފެންވަރަށް ޞިއްހީ މަރުކަޒު ތަރައްޤީކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު