Saturday, October 31

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ޓީމުން، ފުވައްމުލަކު ސިޓީ ކައުންސިލާ މިއަދު ބައްދަލުކޮށް، މި މަޝްރޫޢަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާއި، މަސައްކަތް ކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، ފުވައްމުލަކުގައި ގަސް އިންދުމަށް އެކަށީގެންވާ ސަރަޙައްދުތައް ދެނެގަތުމާއި، ގަސްތަކަށް ބޭނުންވާނެ ފެނާއި އެހެނިހެން ވަސީލަތްތައް ހޯދުމުގެ އިތުރުން، އާންމުންގެ ބައިވެރިވުން އިތުރުކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައިވެއެވެ. މީގެ އިތުރުން، ގަސްތަކަށް ބޭނުންވާނެ ދިގު މުއްދަތުގެ ބެލެހެއްޓުންތައް ފޯރުކޮށްދިނުމާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ޓީމުން ވަނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ލިބޭނެ އެއްބާރުލުން ފާހަގަކޮށް، މި މަޝްރޫޢު ކާމިޔާބު ކުރުމަށް ފުވައްމުލަކުގެ ރައްޔިތުންގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށް ބުނެފައެވެ. ސިޓީ ކައުންސިލުން ވަނީ މި މަޝްރޫޢަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ޔަގީންކަން ދެއްވާފައެވެ.

މި ބައްދަލުވުމަކީ، ރާއްޖޭގެ ތިމާވެށި ދިރުވައި އާލާކުރުމަށް ކުރެވޭ ގައުމީ މަސައްކަތުގައި އެކި ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުއް ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު